އިނގިރޭސި ރަސްގޭފާނުގެ ސިއްރު ގުޅުމާ ގުޅިގެން ހިނގި ވަރުގަދަ ކުރިމަތިލުމުގެ ވާހަކަ!

29 Nov 2026 | 09:31
ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާ --

ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާ --

1989 ވަނަ އަހަރު އިނގިރޭސިވިލާތުގެ މިހާރުގެ ރާނީ ކެމީލާ ޕާކާ ބޯލްސްގެ ދައްތަ އެނަބެލް އެލިއެޓްގެ 40 ވަނަ އުފަންދުވަހުގެ ޕާޓީގައި ޕްރިންސެސް ޑަޔާނާ، ކެމީލާއާ ސީދާ ކުރިމަތިލައި، ރަސްގެފާނު ޗާލްސްއާ އެކު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައި ހިނގި ކުރިމަތިލުމުގެ ވާހަކަ އަނެއްކާވެސް މީޑީއާއަށް ތިލަވެއްޖެ އެވެ.

މި ވާހަކަތައް ބޭރު ދުނިޔެއަށް ތިލަވީ އެންޑްރޫ މޯޓަންގެ ފޮތް "ޑަޔާނާ: ހާ ޓްރޫ ސްޓޯރީ" އަށް ޑަޔާނާ ސިއްރު ގޮތެއްގައި ރެކޯޑުކޮށް ދީފައިވާ އޯޑިއޯ ޓޭޕުތަކުންނެވެ.

Advertisement

ރިޕޯޓުތައް ބުނާގޮތުގައި އެ ޕާޓީއަށް ޑަޔާނާ ދިޔައީ ކުއްލިގޮތަށް ދާން ނިންމުމަށް ފަހު އެވެ. އެ ޕާޓީގައި ކެމީލާގެ ގާތް މީހުންގެ ތެރެއަށް ވަދެގެން ދިޔައިރު "މަސް ފެނުން ބޭރުގައި އޮތް ކަހަލަ" އިޙްސާސެއް ކުރެވުނު ކަމަށް ޑަޔާނާ ބުނިކަމަށްވެ އެވެ. އެ ހޯލުގެ ތިރީ ބުރިއަށް ގޮސް ޗާލްސްއާއި ކެމީލާ އެހެން މެހެމާނަކާ އެކު ވާހަކަ ދައްކަން ތިއްބައި ފެނިގެން، ޑަޔާނާ ސީދާ ގޮސް ކެމީލާއާ ވާހަކައެއް ދައްކަން އެދުނެވެ. އެ ހިނދު ޗާލްސް ހާސްވެ، މަތީ ބުރިއަށް ގޮސް ދެ ފަރާތުގެ ރައްޓެއްސެއް ގާތު، ޑަޔާނާ ކީއް ކުރަނީތޯ ސުވާލު ކުރި ކަމަށް ޑަޔާނާ ހަނދާން ކުރެއެވެ.

ކެމީލާ ދެކެ "ބިރުގެންފައި" ހުރި ނަމަވެސް ދެން ހެދެމުންދާ ގޮތް ނޭނގޭ ކަމަށް ހެދިގެން ހުންނާކަށް ޑަޔާނާ ބޭނުމެއް ނުވިއެވެ. އެހެންވެ ވަގުތުގެ ބޭނުން ހިފައި ރަސްގެފާނާއި ކެމީލާގެ ގުޅުން ޑަޔާނާއަށް އެނގޭކަން ސީދަލަށް ބުނި ކަމަށްވެ އެވެ. ކެމީލާ ފުރަތަމަ ނޭނގޭ ކަމަށް ހެދުނު ކަމަށާއި އެކަމަށް ރައްދު ދިނުމަށް ޑަޔާނާވެސް ކެމީލާއަށް ނުލިބޭ ހުރިހާ ނިއުމަތެއް އޭނާއަށް ލިބިފައިވާ ކަމަށް ބުނެ ގޮންޖަހައި ވާހަކަ ދެއްކި ކަމަށް އެ ރެކޯޑިންގައި ޑަޔާނާ ބުނެފައިވެ އެވެ.

އެގޮތުން އޭނާ ކައިރީގައި ޗާލްސްގެ ދެ ފިރިހެން ދަރިންނާއި އެތައް މިލިއަން ސަޕޯޓަރުންނާއި އޭނާ ހޯދަން މަސައްކަތް ކުރަމުންދިޔަ ފިރިހެނުންގެ އަދަދުތައް ޑަޔާނާ ގޮވާލި އެވެ. އަދި ވަރަށް ބާރަށް ރަސްގެފާނު ޗާލްސް އާއި ދުރުވުމަށް ޑަޔާނާ ބުނި ކަމަށް ބުނެފައިވެ އެވެ.

އެ ފޮތުގައި ބުނެފައިވާ ގޮތުގައި ޑަޔާނާ ޗާލްސްއާ ދުރުވުމަށް ކެމީލާ ގާތުގައި ބުނުމާ އެކު ކޮޓަރީގައި ފުން ހިމޭންކަމެއް ވެރިވިއެވެ. ކެމީލާ ބޭރުފުށުން ހަމަޖެހިފައި ހުރި ނަމަވެސް، ޕާޓީ ތެރޭގައި މެހެމާނުންގެ ކުރިމަތީ ކުއްލިއަކަށް ކުރިމަތިލާން ޖެހުނީ މީހުންގެ ފަރާތުން އައި ހިތްހަމަ ނުޖެހުމާއި އެވެ.

ހަޤީޤަތުގައި ކައިވެނީގެ ކުރިން ދެ އަންހެނުންގެ ގުޅުން ރަނގަޅެވެ. އެގޮތުން 1980 ގައި ޗާލްސް އާއި ރައްޓެހިވެގެން އުޅުނު އިރު 19 އަހަރުގެ ޑަޔާނާއަށް ޝާހީ ފިލާވަޅުތައް ކަމީލާ ނަގައިދިން ކަމަށްވެ އެވެ. ޑަޔާނާ ރުޅިއައިސް މައްސަލަ ގޯސްވީ ޗާލްސްއާ ކެމީލާއާ ދެމެދު އެއްވެސް ދުރުކަމެއް ނެތްކަން ޑަޔާނާއަށް ފާހަގަކުރެވެން ފެށުމުންނެވެ.

ހާއްސަކޮށް ޑަޔާނާ އާއި ކައިވެނި ކުރަން ގާތްވެފައި ވަނިކޮށް ރަސްގެފާނު ކަމީލާއަށް ހާއްސަކޮށް ސިއްރު ނަމެއް ލިޔެ އުޅާއެއް ހެދި މައްސަލަ ފާހަގަވެ އެވެ. އޭގެ ފަހުން ކައިވެނިކޮށް ހަނީމޫނުގައި ޗާލްސްގެ ޑައިރީ ތެރެއިން ކެމީލާގެ ފޮޓޯއެއް ފެނުނީ ކަންކަން އިތުރަށް ގޯސްވެގެންދިޔަ އެވެ.

ޗާލްސްއާ ޑަޔާނާ ވަކިވީކަން ރަސްމީކޮށް ހާމަކުރީ 1992 ގައެވެ. 1994 ގައި ޗާލްސް، ޖޮނަތަން ޑިމްބަލްބީއާ އެކު ޓީވީ ބަސްދީގަތުމެއްގައި ކައިވެނީގެ ބޭރުން ގުޅުމެއް ހިންގި ކަމަށް އެއްބަސްވިއެވެ. ވަރީގެ ކަންތައް ނިމުނީ 1996 ގައެވެ. އޭގެ އެއް އަހަރު ފަހުން، 1997 ގެ އޮގަސްޓް މަހު ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ 36 އަހަރުގައި މި ދުނިޔެ ދޫކުރިއެވެ. ޗާލްސް 2005 ގައި ކެމީލާއާ ކައިވެނިކުރީ، އެ ޒަމާނުގައި ޝާހީ ތަޚުތު ގުޑުވައިލި ހާދިސާ އޭރު ޒަމާނީ ޝާހީ ދިރިއުޅުމުގެ ބާބަކަށް ބަދަލުވެގެން ދިޔަ ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް