ވިޝް 8 ސަމިޓަށް ފަސްޓް ލޭޑީ ޤަޠަރަށް ފުރާވަޑައިގެންފި

29 Nov 2026 | 07:23
ވިޝް 8 ސަމިޓަށް ފަސްޓް ލޭޑީ ޤަޠަރަށް ފުރާވަޑައިގެންފި

ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޮރ ހެލްތުގެ އަށް ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރާވަޑައިގެންފިއެވެ.

ޢެކަމަނާގެ މި ދަތުރުފުޅަކީ ޤަޠަރު ފައުންޑޭޝަންގެ ޗެއާޕާސަން ޝައިޚާ މޫޒާ ބިންތު ނާޞިރުގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

ވިޝް ގެ ނަމުގައި ބާއްވާ މި ސަމިޓުގެ ތެރެއިން މަތީ ފެންވަރުގެ ޚާއްޞަ ބައްދަލުވުމެއްގައި އެކަމަނާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި އެވެ. އެ ބައްދަލުވުމުގެ މައިގަނޑު މައުޟޫޢަކީ 2030 އިން އެކޮޅުގެ ދުނިޔޭގެ ޞިއްޙީ ގޮންޖެހުންތަކާއި، ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާއި، މެދުފަންތީގެ ބާރުތަކުގެ ދައުރެވެ. މީގެ އިތުރުން ސަމިޓުގެ ހަވާސާގައި އެހެން އިއްޒަތްތެރިންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކުރާ ވިޝް ސަމިޓަކީ ޞިއްޙީ ދާއިރާގެ ސިޔާސަތު ބައްޓަންކުރާ ފަރާތްތަކާއި، އީޖާދީ ޙައްލުތައް ހޯދާ ފަރާތްތަކާއި، ޢިލްމީ ތަޖުރިބާކާރުން އެއް ތަނަކަށް ޖަމާވެ، ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޢަމަލީ ގޮތުން ތަންފީޛުކުރެވޭ ސިޔާސަތުތައް އެކުލަވައިލުމުގެ މަޤުޞަދުގައި ބާއްވާ ބައިނަލްއަޤުވާމީ ޕްލެޓްފޯމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް