ފޮޓޯ: ޕޮލިސް
ބޮޑުތަކުރުފާނު މަގު އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ފެށުމަށްޓަކައި އެ ހިސާބުގެ މަގު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި ޢެވެ.
މި ބަދަލަށް އަމަލު ކުރަން ފަށާފައި ވަނީ ރޭ 12:00 އިން ފެށިގެންނެވެ.
ފުލުހުން ޢާންމުކުރި ޗާޓުން ދައްކާ ގޮތުގައި ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނު މަގާ ގުޅޭ ހިސާބުން ފެށިގެން ކަނބާއައިސާރަނިހިނގުން ނިމޭ ހިސާބާ ދެމެދު މަގު ބަންދުވާނެއެވެ. އައްސޭރި ހިނގުން ވެސް ވަނީ ބަންދުކޮށްފައި އެވެ..
މީގެ އިތުރުން ގަނދަކޯޅި ހިނގުމާއި ބަނދަރުމަތީ ހިނގުމާ ދެމެދު ޕާކުކުރުން މަނާކޮށްފައިވާ އިރު، ގަނދަކޯޅި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ނިކުތެވޭ ގޮތަށް އޮތް ނަމަވެސް އެ ސަރަހައްދު މިހާރު ވަނީ އެއް ކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސައިފައެވެ. ޓްރެފިކް ނިޝާންތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މި ބިޔަ މަޝްރޫޢު ސަރުކާރުން ޙަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. ކާނިވާ ސަރަހައްދުން ނޯތު ހާބަރާ ހަމައަށް މީގެ ކުރިން ތާރު އަޅައި ފުޅާކޮށް ނިންމާފައިވާ އިރު، ދެން ނުހެދި އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން އައިޖީއެމްއެޗާ ހަމައަށް އޮތް ބައެވެ.
މިހާރު މާފަންނު ޕޮލިސް ސްޓޭޝަނާ ސޯޝަލް ސެންޓަރާ ދެމެދުގެ ބައިގައި ވެސް މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް