ހޮޓެލްތަކުގެ އެނދުތައް ހުދުކޮށް ބެހެއްޓުމުގެ ސިއްރު!

29 Nov 2026 | 09:15
އެނދު ތައްޔާރުކޮށްފައި ހުންނަ އިރު ހުދުކުލައިގެން ބެޑްޝީޓު އަޅަނީ ހަމައެކަނި ރީތިކަމަށް ކުރާ ކަމަށްވުރެ އެކަމުގެ ފަހަތުގައި ޢަމަލީ ގިނަ ސަބަބުތަކެއް ވާތީ -- ފޮޓޯ: ހިލްޓަންސް

އެނދު ތައްޔާރުކޮށްފައި ހުންނަ އިރު ހުދުކުލައިގެން ބެޑްޝީޓު އަޅަނީ ހަމައެކަނި ރީތިކަމަށް ކުރާ ކަމަށްވުރެ އެކަމުގެ ފަހަތުގައި ޢަމަލީ ގިނަ ސަބަބުތަކެއް ވާތީ -- ފޮޓޯ: ހިލްޓަންސް

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހޮޓެލް އަދި ގެސްޓް ހައުސްތަކުގައި އެނދުގެ ބެޑްޝީޓާއި ބާލީސް އުރައާއި ޑުވެޓް ހުދުކުލައިގައި ބެހެއްޓުމަކީ ހަމައެކަނި ރީތިކަމަށް ކުރާ ކަމަށްވުރެ އެކަމުގެ ފަހަތުގައި ޢަމަލީ ގިނަ ސަބަބުތަކެއް ވާކަން އެނގިއްޖެއެވެ.

އަގުހެޔޮ ހޮޓެލްތަކުން ފެށިގެން މަތީ ފެންވަރުގެ ލަގްޒަރީ ހޮޓެލްތަކާ ހަމައަށް ވެސް އެދުގައި އަޅާފައި ހުންނަނީ ހުދު ބެޑިން ސެޓެވެ. ކުލަ ޖެހި ޝީޓާއި މަންޒަރު ހުންނަ ބެޑިންގ ގިނަ ހޮޓެލްތަކުން ޚިޔާރު ނުކުރާ ފަސް ސަބަބެއް ފާހަގަކޮށްލެވެއެވެ.

Advertisement

ފުރަތަމަ ކަމަކީ ހުދުކުލައިން އައްޔެއް ރިފްލެކްޓް ކޮށްދީ، ތަންމަތި ތާޒާ އެއްޗެއްގެ ގޮތުގައި ފެންނަ ފެނުމެވެ. ރީތިކޮށް ތަރުތީބުކޮށްފައި ހުންނަ ބާލީސްތަކާއި ޑުވެޓާއެކު ކޮޓަރިއަށް ވަންނަ މެހެމާނާއަށް ފުރަތަމަ ނަޒަރުން ވެސް ސާފުތާހިރުކަމުގެ އިހުސާސެއް ގެނެސްދެއެވެ.

ދެވަނަ ސަބަބަކީ ކޮޓަރި ސާފުކޮށް ބަލަހައްޓާ މުވައްޒަފުންނަށް ހުދު ފޮތީގައި ހުންނަ ލައް ފަސޭހައިން ފެނުމެވެ. އާ މެހެމާނަކަށް ކޮޓަރި ތައްޔާރުކުރުމުގެ ކުރިން ސަމާލުކަން ދޭންޖެހޭ ތަންތަން އަވަހަށް ދެނެގަނެވި، ފެންވަރު ހިފެހެއްޓުމަށް ފަސޭހަވެއެވެ.

ތިންވަނަ ކަމަކީ ހުދު ކޮޓަން ފޮތި މަތީ ފިނިހޫނުމިނުގައި ދޮވެ، ބްލީޗިން ޕްރޮޑަކްޓް ބޭނުންކުރެވޭ އިރު ކުލަ ހުންނަ ފޮއްޗާ ޚިލާފަށް ކުލަ ފޭދިގެން ދިޔުމުގެ ބިރު ކުޑަ ވުމެވެ. ހަތަރުވަނައަށް، ބާ ވުމުން ބަދަލުކުރާއިރު ވަކިވަކި ބައިތައް ހުދުކޮށް ބެހެއްޓުމުން ކުލަ ދިމާކުރުމާއި ބެޗް ތަފާތުވުމުގެ އުނދަގުލެއް ނެތި، ހުރިހާ އެއްޗެއް އެއް ގޮތަކަށް ފެންނަން ހުންނާތީ އެވެ.

ފަސްވަނަ ސަބަބަކީ ޑިޒައިން ޓްރެންޑް ބަދަލުވި ނަމަވެސް ހުދު ބެޑިން ބާ ވައްތަރަކަށް ނުފެންނާނެ ކަމެވެ. ކޮޓަރީގެ ފާރު ކޮންމެ ކުލައަކަށް ހުއްޓަސް ހުދު ތަންމަތި ގުޅެއެވެ.

ގިނަގިނައިން ބެޑިން ބަދަލުނުކޮށް ރީތި ފެންވަރެއް ދެމެހެއްޓުމަށް މިއީ ހޮޓެލް ދާއިރާގައި ޢަމަލީ ގޮތުން ފައިދާ ބޮޑު ގޮތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް