މުލީއާގޭގެ ޗީފް އޮފް ސްޓާފް އިގްބާލް -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު މުލީއާގޭގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމާއި ހިލާލީގޭ ޗީފް އޮފް ސްޓާފް މުޙައްމަދު ވަޙީދު ރޭ މަގާމުން ވަކިކޮށްފިއެވެ.
ވަޒީރުންގެ ފެންވަރުގައި މުލީއާގޭގައި މަސައްކަތް ކުރައްވަމުން ގެންދެވި އިގްބާލް ވަކިކުރެއްވިކަން ދުވަހަށް ވަނީ ޔަގީން ކުރެވިފައެވެ. ހަމައެއާ އެކު ހިލާލީގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުޙައްމަދު ވަޙީދު ވެސް ވަނީ މަގާމުން ވަކިކޮށްފައި އެވެ.
މި ދެ ބޭފުޅުންނަކީ އެއް ޢާއިލާއެއްގެ ދެ ބޭފުޅުންނެވެ. ނަމަވެސް ދެ ބޭފުޅުން ވަކިކުރެއްވި ސަބަބެއް އަދި ހާމަވެފައެއް ނުވެއެވެ.
ނޮވެމްބަރު 19، 2023 ގައި މުލީއާގޭ ޗީފް އޮފް ސްޓާފްގެ މަގާމަށް ޢައްޔަންކުރެއްވި އިގްބާލް ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވައިފައެވެ. އެގޮތުން އެމްޓީސީސީއާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމާއި ހއ. އަތޮޅުވެރިކަމާއި ހއ. ވަށަފަރުގެ ކަތީބުކަމުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައިވެއެވެ. ހުޅުމާލެ ހިއްކުމުގެ މަޝްރޫޢު ހިނގި ދުވަސްވަރުހ އެޗްޑީސީގެ އިސް މަގާމެއް ވެސް އިގްބާލް އަދާކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް