ވާގިނެތޭ ބަލި ނުވަތަ ޕެރެލައިޒް ވެފައިވާ މީހުންގެ ސިކުނޑީގައި ހަރުކުރާ ޗިޕުގެ ރައްކާތެރިކަމާއި ކާމިޔާބުކަން ބެލުމަށް ބިލިއަނަރު އީލޮން މަސްކުގެ ނިއުރަލިންކް ކުންފުނިން ހިންގާ ޕިވޮޓަލް ދިރާސާ ފެށުމުގެ ހުއްދަ އެމެރިކާގެ ކާނާއާއި ބޭހާ ބެހޭ އިދާރާ (އެފްޑީއޭ) އިން ދީފި އެވެ.
މި ހުއްދައާ ގުޅޭ ގޮތުން ނިއުރަލިންކުން މިމަހުގެ 25 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، "ލިންކް ޕިވޮޓަލް ސްޓަޑީ" ގެ ނަމުގައި ހިންގާ މި ދިރާސާ އަމާޒުކޮށްފައި ވަނީ (އެމިއޮޓްރޮފިކް ލެޓެރަލް ސްކްލެރޯސިސް) ގެ ސަބަބުން ހަށިގަނޑު ވާގިނެތި، ހެލިފެލިވެ އުޅުމާއި ވާހަކަ ދެއްކުމުގެ ޤާބިލުކަން ގެއްލިފައިވާ ފަރާތްތަކަށެވެ. މި ހުއްދަ އަކީ ޑިވައިސެއް ބާޒާރަށް ނެރުމުގެ ކުރިން ކުންފުނިތަކުން ހިންގާ އެންމެ ފަހު މަރުހަލާގެ ދިރާސާއެވެ.
ކުންފުންޏާއި ހަވާލާދީ މި ދިރާސާގައި ބައިވެރިވާ ކޮންމެ ފަރާތެއްގެ ސިކުނޑީގައި ޗިޕް ހަރުކުރާނީ ނިއުރަލިންކުގެ އާރު1 ސާޖިކަލް ރޮބޮޓް ބޭނުންކޮށްގެންނެވެ. އޭގެ ފަހުން ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެ ފަރާތްތައް ބެލެހެއްޓޭނެ ކަމަށް ބުނެފައިވެ އެވެ.
ދިރާސާގެ މައިގަނޑު އަމާޒަކީ ޗިޕު ހަރުކުރާ ފަރާތްތަކުން ދުވަހެއްގެ ދިރިއުޅުމުގައި އަންނަ ހިޔާލުތަކާއި އެއްގޮތަށް ޑިޖިޓަލް ޑިވައިސްތައް ކޮންޓްރޯލް ކުރެވޭ މިންވަރު ވަޒަންކުރުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ކުންފުނީގެ ކުރީގެ ދިރާސާތަކުގެ ތެރެއިން އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުގައި 30 އަށް ވުރެ ގިނަ މީހުންގެ ސިކުނޑީގައި މި ޗިޕް ހަރުކޮށް، އެތައް ހާސް ގަޑިއިރަކު ބޭނުންކޮށްފައިވެއެވެ. އެ ފަރާތްތަކުން ކިޔެވުމާއި، ވީޑިއޯ ގޭމް ކުޅުމާއި، ގާތް މީހުންނާ ވާހަކަ ދެއްކުމަށް މި ޑިވައިސް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ހެލިފެލިވެ އުޅުމާއި ވާހަކަ ދެއްކުމުގެ ކުޅެދުންތެރިކަން ގެއްލިފައިވާ ފަރާތްތަކަށް، މި ބާވަތުގެ ކޮންޓްރޯލެއް ލިބުމަކީ ޙަޤީޤީ މާނައެއްގައި އަމިއްލަ ބާރުވެރިކަން ހޯދައިދެވިދާނެ ކަމެއް ކަމަށް ކުންފުނިން ގަބޫލު ކުރާ ކަމަށް ޜިޕޯޓިތައް ބުނެ އެވެ.
މި ދިރާސާގައި ޖުމްލަ ކިތައް ފަރާތް ބައިވެރިކުރާނެ ކަމެއް ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. 2024 ވަނަ އަހަރު ޗިޕް ހަރުކުރި ފުރަތަމަ ފަރާތުގެ ޗިޕަށް ބޮޑެތި ޓެކްނިކަލް މައްސަލަތަކެއް ދިމާވި ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ ޟިހާރު ޥާދަވެރިކަން ޞޮށު ދާއިރާއެކެވ. އެގޮތުން މިދިޔަ ޖޫން މަހު ޗައިނާ އިން ވެސް ވިޔަފާރީގެ ގޮތުގައި ސިކުނޑީގެ ޗިޕެއް ވިއްކުމުގެ ހުއްދަ ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް