އަންނަ އަހަރަށް ރާއްޖޭގެ ސްކޫލްތަކަށް އިތުރު 233 ބިދޭސީ މުދައްރިސުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ކުރީކޮޅުވެސް އިޢުލާން ކުރިއެވެ.
މިއަހރުގެ ދިރަސީ އަހރުގެ ކިޔެވުން ނިމުނުއިރު ރާއްޖޭގެ ސްކޫލްތަކުގައި 1890 ބިދޭސީ މުދައްރިސުން ކިޔަވައިދިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ޤުރުއާން މުދައްރިސުންގެ ގޮތުގައި އަންނަ އހަރު އިތުރު 142 ޤުރުއާން މުދައްރިސުން ބޭނުންވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް