އޮޅުވާލައިގެން މައުލޫމާތު ހޯދަން ކުރާ ފޯނުކޯލަށް ޖަވާބު ނުދެއްވާ! މި މައުލޫމާތު އެންމެނަށް ހިއްސާކޮށްދެއްވާ!

މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ހިނގަމުން އަންނަ ކަމެކެވެ. މުޖްތަމައުގައި މިކަން ހައްލު ކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނަނީ އާއްމުން ހޭލުންތެރި ނުވުމެވެ. ނުވަތަ ހޭލުންތެރި...

29 Nov 2018 | 14:05

މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ހިނގަމުން އަންނަ ކަމެކެވެ. މުޖްތަމައުގައި މިކަން ހައްލު ކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮންނަނީ އާއްމުން ހޭލުންތެރި ނުވުމެވެ. ނުވަތަ ހޭލުންތެރި ނުކުރެވުމެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ. ބީއެމްއެލްއިން ބުނަނީ ބޭންކް އޮފް މޯލްޑިވްސް އިން މޯބައިލް ނަމްބަރަކުން ނުގުޅާނެ ކަމަށެވެ. ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ނަމްބަރު ހިއްސާ ނުކުރެއްވުމަށް ބީއެމްއެލްއިން އަބަދުވެސް އިލްތިމާސް ކުރެއެވެ.

އޯޓީޕީ ކޯޑް، އީމެއިލް އެޑްރެސް، ޕާސްވޯޑް އަދި އިންޓަނެޓް ބޭންކިންއަށް ލޮގިންވުމަށް ބޭނުންކުރާ ޔޫސަރ ނޭމް އާއި ޕާސްވޯޑް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ބީއެމްއެލްއިން އިލްތިމާސް ކުރެއެވެ.

އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދާ ފަރާތްތަކަށް ޖަވާބު ނުދީ!

އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދަން މަސައްކަތްކުރާއިރު ވިސްނަންވީ އަނެއްކާވެސް ބޭންކް އޮފް މޯލްޑިވްސް އިން މޯބައިލް ނަމްބަރަކުން ނުގުޅާނެ ކަމެވެ. ކަސްޓަމަރުން އިތުބާރު ހޯދުމުގެ ގޮތުން އެފަދަ ފަރާތްތަކުން ކާޑުގެ ފުރަތަމަ ހަ އަކުރު ބުނެދީފާނެ ކަމެވެ. އެއީ ބީއެމްއެލްއިން ދޫކޮށްފައިވާ ކޮންމެ ޑެބިޓް ކާޑެއްގެ ވެސް ފުރަތަމަ ހަ އަކުރު އެއްގޮތް ވާނެތީއެވެ. ސަމާލު ވާންވީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ނަމްބަރު ހިއްސާ ނުކުރުމަށެވެ. އަދި ކާޑުގެ ނުފުށުގައި ހިމެނޭ ތިން އަކުރުގެ ސީވީސީ ކޯޑު ހިއްސާ ނުކުރައްވާށެވެ. އެ މައުލޫމާތު ހޯދަން ބީއެމްއެލްއިން ހަމަ ގައިމުވެސް ނުގުޅާނެއެވެ.

އޮޅުވާލައިގެން މައުލޫމާތު ހޯދަން ފޮނުވާ އެސްއެމްއެސްއަށް ޖަވާބު ނުދީ !

އެނގިލައްވާތޯއެވެ. މެސެޖު ފޮނުވާ ފަރާތަކީ ބީއެމްއެލް ކަމަށް ދައްކުވައިދިނުމުގެ ގޮތުން އޮޅުވާލައިގެން މައުލޫމާތު ހޯދަން މީހުން މަސައްކަތް ކުރެއެވެ. ނަމަވެސް ހަގީގަތަކީ ބީއެމްއެލްއިން އެސްއެމްއެސް މެދުވެރިކޮށް އެކައުންޓް އަދި ކާޑުގެ މައުލޫމާތު ނުހޯދާނެ ކަމެވެ. އަދި ގުޅުމުގެ ކުރިން ބޭންކުން އެސްއެމްއެސް ނުކުރާނެ ކަމެވެ. މިގޮތަށް އެސްއެމްއެސް ކުރުމަށްފަހު ގުޅާ ފަރާތްތަކަށް ޖަވާބު ނުދިނުމަށް ބީއެމްއެލްއިން އިލްތިމާސް ކުރެއެވެ.

އޮޅުވާލައިގެން މައުލޫމާތު ހޯދަން ފޮނުވާ އީމެއިލަށް ޖަވާބު ނުދީ!

އީމެއިލް ފޮނުވާ ފަރާތަކީ "ބީއެމްއެލް" ނުވަތަ "ބޭންކް އޮފް މޯލްޑިވްސް" ކަމަށް ދައްކުވައިދނުމުގެ ގޮތުން އޮޅުވާލައިގެން މައުލޫމާތު ހޯދާ މީހުން މަސައްކަތް ކުރެއެވެ. މިކަމުގައި ސަމާލުވާންވީ އެއްކަމަކީ އާންމުކޮށް ނުފެންނަ ބާވަތެއްގެ އެޓޭޗްމަންޓެއް އެފަދަ މެއިލެއްގައި ވާނަމަ ނުހުޅުވުމަށެވެ. ބީއެމްއެލްއިން އިންޓަނެޓް ބޭންކިން ޔޫސަރނޭމް، ޕާސްވޯޑް އަދި ކާޑު ނަމްބަރު ނުހޯދާނެއެވެ.

މި މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ހިއްސާ ކޮށްލަދެއްވާށެވެ. އަދި ފޯނާއި ކޮމްޕިއުޓަރުން ހަބަރު ނުކިޔާ، އާއިލާގައި ހިމެނޭ ފަރާތްތަކަށް މި މައުލޫމާތު ހިއްސާ ކޮށްލަދެއްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް