އަލަށް އުފައްދަން އުޅޭ ޕާޓީއަށް އަދީބު ސޮއި ކުރައްވައިފި

އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީ އަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސޮއި ކުރައްވައިފިއެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އުފައްދަން މަސައްކަތް ...

29 Nov 2018 | 13:22

އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީ އަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސޮއި ކުރައްވައިފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އުފައްދަން މަސައްކަތް ކުރައްވާ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" އަށް އަދީބު ސޮއި ކުރެއްވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީވެސް އަދީބެވެ.

33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދީބު އެ ޕާޓީއަށް ސޮއި ކޮށްފައިވާއިރު އެ އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

އަދީބު މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. ގޭބަންދަށް ބަދަލުކޮށްފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.

އަދީބު އެ ޕާޓީއަށް ސޮއި ކޮށްފައިވަނީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށްވެއެވެ. އެ ރަސްމިއްޔާތުގައި އަދީބު ހުންނެވީ ކޯޓު ފަޓުލޫނުގައެވެ. ސޮއި ކުރި ތާނގެ ބެކްގްރައުންޑްގައި އެ ޕާޓީގެ ލޯގޯ ހިމެނޭ ބެނާއެއް ހަރުކޮށްފައި ހުއްޓެވެ. ސޮއި ކުރެއްވުމަށްފަހު އަދީބުގެ ފޯމު ހަވާލުކޮށްފައިވަނީ އެ ޕާޓީގެ މުއައްސިސް އާސިފްއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް