މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ހޯދާނީ އެމްޑީޕީން : އުމަރު

2019 ވަނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ހޯދާނީ އެމްޑީޕީން ކަމަށް ގަބޫލު ކުރެވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ އިންޑިޔ...

29 Nov 2018 | 07:33

2019 ވަނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ހޯދާނީ އެމްޑީޕީން ކަމަށް ގަބޫލު ކުރެވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ އިންޑިޔާގެ ސްޓްރެޓަޖިކް ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަމުންނެވެ.

" އެމްޑީޕީގެ ފިކުރާ ވާދަ ކުރުމަށް ކުރީގެ ރައީސް ޔާމީން ވަނީ ނުކުޅެދިފަ. އަދި ދެން އެކަން ކުރެއްވޭނޭ އިތުރު ބޭފުޅެއް އިދިކޮޅަކު ނެތް. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އިދިކޮޅު ފަރާތްތައް ވަނީ ވަރަށް ބަލިކަށިވެފައި. އޭގެ ސަބަބުން އެމްޑީޕީން މަޖިލީސް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު. " އުމަރު ވިދާޅުވިވެ.

އުމަރު ވިދާޅުވީ ބައެެއް ފަރާތްތަކުން އެބޭފުޅާ ކައިރީގައި އިދިކޮޅު ރޯލް ކުޅުމަށް ނިކުންނަން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެކަމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ފާހަގަ ކުރެއްވީ ރައީސް ޔާމީނުގެ ސަރުކާރުގައި ކަންތައް ހުރިގޮތުން އިދިކޮޅު ފަރާތްތަކަށްޖެހުނީ  ކޯލިޝަން ހަދާ "މަޖުބޫރު ކައިވެންޏެއް" ކުރަން ކަމަށާއި އަދި މަޖިލިސް އިންޚާބަށް ފަހު އެ ކޯލިޝަން ރޫޅޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް