ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގައި ދީނީ ޢިލްމުވެރިންނަށް ހައްޤު ބަސް ބުނުމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ވެފައިވާތީ ވަރަށް އުފާވާ ކަމަށް ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ.އިޔާޒު ވިދާޅުވީ އެބޭފުޅާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ ގިނަ ދީނީ ޢިލްމުވެރިން ހައްޤު ބަސް ވިދާޅުވުމުގައި މަސައްކަތް ކުރާތަން ފެނިގެން ދިއުން ކަމަށެވެ.
"ކުރީގެ ސަރުކާރު އޮތް އިރުގައި ބަހެއް ވިދާޅުނުވާ ގިނަ ބޭފުޅުން ކޮޅެއް މިއަދު ބަސް ވިދާޅުވަމުން ގެންދާ ކަމީ އިބްރާހިމް މުޙައްމަދު ސާލިޙްގެ ވެރިކަން ރަނގަޅު ކަމެވެ." ޑރ.އިޔާޒު ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ މިހާރުގެ ދީނީ ސިޔާސަތުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ނިންމި ނިންމުމަކީ އިސްލާމީ ހައްދު ތަކަށް މަލާމާތް ކުރުން ކަމުުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް