ރ. އަލިފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބަދުއަޚްލާޤީ ޢަމަލުހިންގިކަމަށް ތުޙުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުޙައްމަދު ސުނޮތް ޢަލީ (ޕާސްޕޯޓު ނަމްބަރ: 0292469 ބީސީ)އެވެ.
މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9992245ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް