ރާއްޖޭގެ މިނިވަންކަމަށް ބުރޫ ނާރާނެ ގޮތުގެ މަތިން ބޭރު ޤައުމުތަކުގެ އެހީ ހޯދާނޭ ކަމަށާއި، ރާއްގޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ މަރުކަޒެއް އެޅުމަށް ފުރުސަތު ނުދެއްވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ބުދަ ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައެވެ.
" ރާއްޖެއަށް ބޭރުގެ އެހީ ހޯދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ ނާރޭނެގޮތުގެ މަތިން. އަދި ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ އަސްކަރީ މަރުކަޒެއް ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، އެފަދަ އެއްބަސްވުމެއް އެއްވެސް ޤައުމަކާ ނުކުރެވޭނެ. " ޝާހިދު ވިދާޅުވިއެވެ.
https://twitter.com/abdulla_shahid/status/1067912670299467776
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައި ވާއިރު، ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
މީގެ އިތުރުން، އޭޝިއަން ރިވިއުގައި ރިޕޯޓް ކޮށްފައިވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދުގައި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށާއި، އިންޑިއާގެ ފައުޖުތަކެއް ދިގު މުއްދަތަކަށް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދީ މިގޮތަށް އެބަސްވެފައިވާއިރު އިންޑިއާއިން ކުޑަ އިންޓަރެސްޓް ރޭޓެއްގައި ރާއްޖެއަށް ލޯނު ލިބިގެން ދާނޭ ކަމަށާއި
ޑިސެމްބަރ 17 ވަނަ ދުވަހު ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙް އިންޑިއާޔަށް ކުރައްވާ ދަތުރުފުޅުގައި މި ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިގެން ދާނެއެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއިން އިންޑިއާ އަށް ކިޔެވުމަށާއި، ބޭސް ފަރުވާ ކުރުމަށް ދާ ފަރާތްތަކަށް ޚާއްސަކޮށް އާ ވިސާ އެގްރީމަންޓެއްގައިވެސް ސޮއި ކުރެވިގެން ދާނެއެވެ.
https://twitter.com/abdulla_shahid/status/1067417471076814849
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް