ދުވަހުގެ މުސުން: ބޮޑު ބަޔަކަށް ވިއްސާރަ – ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހެން ...

29 Nov 2018 | 02:33

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހެން ބުނެފައިވަނީ މިއަދުގެ ހަވީރާއި ހަމައަށް މޫސުން އަންދާޒާކޮށެވެ.

މެޓް އޮފީހުން ބުނެފައިވާގޮތުގައި ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމުގައި ބުނެފައިވެއެވެ.

މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމުގައިވެސް ބުނެފައިވެއެވެ. ރާޅުގެ އުސްމިނަކީ ދެ ފޫޓާއި ފަސްފޫޓާއި ދެމެދު ކަމުގައިވެސް ބުނެފައިވެއެވެ.

މެޓް އޮފީހުން މިއަދު ވައިޓް އެލާޓްވެސް ނެރެފައިވެއެވެ. މި އެލާޓް ނެރެފައިވަނީ ށ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށެވެ. ފަތިހު 05:30 އާއި ހެނދުނު 11:30 އާއި ދެމެދުގެ ވަގުތުތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް