ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން މާލެ ދަތުރުކުރި ބޯޓެއް ހާލުގައި ޖެހިއްޖެ

ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ރ. ހުޅުދުއްފާރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ބޯޓެއް އިންޖީނު ހުއްޓި ހާލުގައި ޖެހިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފ...

29 Nov 2018 | 02:05

ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން ރ. ހުޅުދުއްފާރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ބޯޓެއް އިންޖީނު ހުއްޓި ހާލުގައި ޖެހިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރ. ހުޅުދުއްފާރުން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް "އަލްމާސް" ނަމަކަށް ކިޔާ ބޯޓެއް ބ. ހިތާދޫ އާއި ގޮއިދުއާއި ދޭތެރެއަށް އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނި ރޭ ދަންވަރު 1:39 ހާއިރު" އާޒިމް ވިދާޅުވެފައިވެއެވެ.

އާޒިމް އިތުރަށް ވިދާޅުވީ 80 ފޫޓުގެ މި ބޯޓުން 67 މީހަކު ދަތުރުކުރިއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށެވެ. އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް