ސަމާލުވޭ: ކޮޅިގަނޑެއް އުފެދިފައިވާތީ ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި

ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދިފައިވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި އެވެ. މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި މިއަދު ވަނީ ކޮޅިގަނޑެއް...

29 Nov 2017 | 15:03

ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދިފައިވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފި އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި މިއަދު ވަނީ ކޮޅިގަނޑެއް އުފެދިފައި ކަމަށެވެ.

މި ކޮޅިގަނޑު ތިލަދުންމަތީގެ އުތުރުން ރާއްޖޭގެ ހުޅަނގުއުތުރަށް ދަތުރުކުރަމުން ދާ ދިއުމުގައި ރާއްޖޭގެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހި، ކަނޑު ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

https://twitter.com/MetMaldives/status/935876300912304128

މެޓް އޮފީހުން މި ހަބަރު އާންމު ކޮށްފައިވާއިރު ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދިދާނެ ކަމުގެ އަންދާޒީ ވާހަކަތަކެއް ބޭރުގެ ބައެއް މީޑިއާތަކާއި އާންމު ކުރި އެވެ. ނަމަވެސް މެޓް އޮފީހުން އިއްޔެ ބުނެފައިވަނި އެފަދަ އެއްވެސް ކަމެއް ބަޔަކު އަންގާފައި ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް