ފޮޓޯގައި އެވަނީ މެލޭޝިޔާގެ މިލިޔަނަރެއް ކަމުގައިވާ ޑރ. ހަސްމީޒާ އޮތުމާން އެވެ. މެލޭޝިޔާގައި މީނާ މަޝްހޫރުވެފައިވަނީ ޑރ. ވިދާ ގެ ގޮތުގަ އެވެ.
މެލޭޝިޔާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި އުމުރުން 46 އަހަރުގެ މި މިލިޔަނަރަށް މިވަނީ ބަޔަކު ވަރުގަދަ ލަނޑެއް ދީފަ އެވެ. އެއީ ފޯނު ސްކޭމެއްގައި ޖައްސައި އޭނާގެ އަތުން ގާތްގަނޑަކަށް ދިހަ ހާސް ޑޮލަރު އަތުލުމެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޑރ. ވިދާ ބުނެފައިވަނީ ބަޔަކު އޭނާއަށް ގުޅީ އޭނާގެ ބޭންކް އެކައުންޓް ފްރީޒް ކޮށްފައިވާކަމަށް ބުނެ ކަމަށެވެ. އަދި ބޭންކްގެ މީހަކަށް ވެގެން އެއްފަހަރު، ޕޮލިސް އޮފިޝަރަކަށް ވެގެން އެއްފަހަރު ގުޅައިގެން ގާތްގަނޑަކަށް އެ ކޯލުތަކުގައި ގަޑިއެއްހާއިރު ހޭދަވި އިރު އެކަންތައްގަނޑު ނިމުނީ 10 ހާސް ޑޮލަރު އެމީހުންނަށް ދެވުނު ފަހުން ކަމަށް އޭނާ ބުނެފައި ވެ އެވެ.
މެލޭޝިޔާގައި އެކަންޏެއް ނޫނެވެ. ރާއްޖޭގައިވެސް ފޯނު ސްކޭމްތަކަކީ އާންމު ކަމަކަށް ވެފައިވާއިރު މި ފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ވާން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް