ދިރާގުން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.
ގެސްޓްހައުސް ޓީވީ ޕެކޭޖްތަކުގެ ތެރޭގައި ތަފާތު 3 ޕެކޭޖެއް ހިމެނެއެވެ. ދިރާގުން ވަނީ މިދިޔަ ސެޕްޓެމްބަރ މަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވީ "ދިރާގު މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސް 2017" ގައި ގެސްޓްހައުސް ޓީވީގެ ހިދުމަތުގެ ޑެމޯ އެއްދައްކާ ގެސްޓްހައުސް ޓީވީ ތައާރަފް ކުރަން އުޅޭކަން އިއުލާން ކޮށްފައިއެވެ.
ދިރާގުންބުނީ، ރާއްޖޭގައި އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ގާއިމްކުރެވިފައިވާ ރަށްރަށުގައި ހިންގަމުންގެންދާ ކޮންމެ ގެސްޓްހައުސް ވިޔަފާރިއަކަށްވެސް މި ތައާރަފް ކުރި 'ގެސްޓްހައުސް ޓީވީ'ގެ ހިދުމަތް ހޯއްދެވޭނެ ކަމަށެވެ.
ދިރާގު ގެސްޓްހައުސް ޓީވީ ޚިދުމަތަކީ ގެސްޓްހައުސްތަކަށް ޚާއްޞަކޮށް ޓިވީ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކުރެވިގެން ރާއްޖޭގައި ތަޢާރަފުކުރެވިފައިވާ މިފަދަ ފުރަތަމަ ޚިދުމަތައްވީ އިރު، މިހިދުމަތާއި އެކު ތަފާތު އެތަށް ޑިޖިޓަލް ވެލިއު އެޑެޑް ފީޗާތައްވެސް މި ޓީވީ ޕެކޭޖާއެއްކޮށް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި ގެސްޓްހައުސް އޮޕަރޭޓަރ ސާވިސް، ރޫމް ސާރވިސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން، އަދި ތަފާތު ރެކްރިއޭޝަނަލް އެކްޓިވިޓީސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ގެސްޓްހައުސް ޓީވީގެ ޔޫޒާ އިންޓަފޭސް އެ ގެސްޓްހައުސް އަކުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭނެއެވެ.
އަލަށް ތައާރަފް ކުރެވުނު ގެސްޓްހައުސް ޓީވީގެ ސަބަބުން ގެސްޓްހައުސްގައި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގަވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް