ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 14 ބުރީގެ ތިން ޓަވަރު އަޅައިދޭނެ ބައެއް ހޯދަން ޕޯޓްސް ލިމިޓެޑުން އިއުލާނު ކޮށްފި އެވެ.
ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާންކުރަމުންނެވެ. އެގޮތުން މިހާތަނަށް އެމްޓީސީސީ އާއި ވެމްކޯއިން ވަނީ އިއުލާނު ކޮށްފަ އެވެ.
އެގޮތުން އެމްޓީސީސީން އިއުލާނު ކޮށްފައިވަނީ 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދުމަށެވެ. ވެމްކޯއިން އިއުލާނު ކޮށްފައިވަނީ 15 ބުރީގެ އެއް ޓަވަރު އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.
އެމްޓީސީސީއާއި ވެމްކޯއާއި ހިލާފަށް ޕޯޓްސް ލިމިޓެޑްގެ އިއުލާނުގައި ބުނެފައިވަނީ 14 ބުރީގެ ޓަވަރު އެޅުމަށެވެ. ގެޒެޓު ކުރުމުގައި ލިޔެވިފައިވާ ކުށަކަށްވެސް ވެދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް