ހުޅުމާލޭގައި 15 ބުރީގެ އިމާރާތެއް ވެމްކޯ އިން އަޅަނީ

ސަރުކާރުން ކުރިއަށް ގެންދާ 'ހިޔާ' މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ އިމާރާތެއް އަޅާނެ ބަޔަކު ހޯދަން ވެމްކޯ އިން މިއަދު އިއުލާންކޮށްފިއެވެ. ' ވެމްކޯ ހިޔާ ޕްރޮޖެކްޓް' ނަމުގައި އަޅާ މި ޓަވަރު އަޅާ...

29 Nov 2017 | 07:37

ސަރުކާރުން ކުރިއަށް ގެންދާ 'ހިޔާ' މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ އިމާރާތެއް އަޅާނެ ބަޔަކު ހޯދަން ވެމްކޯ އިން މިއަދު އިއުލާންކޮށްފިއެވެ. ' ވެމްކޯ ހިޔާ ޕްރޮޖެކްޓް' ނަމުގައި އަޅާ މި ޓަވަރު އަޅާނީ ދިހަ ހާސް އަކަފޫޓްގެ ސަރަހައްދެއްގައި ކަމަށް އެ އިއުލާނުގައި ވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު މަހު 7 ވަނަ ދުވަހު 3:30 ގެ ކުރިން މިކަމަށް އެދި ހުށަހަޅަން ޖެހެއެވެ.

ސަރުކާރުން ހިންގާ 'ހިޔާ' މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރުގެ ކުންފުނިތަކުން ވެސް ބައިވެރިވާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ޓަވަރުތައް އެޅުމަށް ސްޓެލްކޯ، އެމްޓީސީސީ އަދި އައިލެންޑް އޭވިއަޝަނުން ވަނީ ހުޅުވާލާފައެވެ. ހިޔާގެ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އެޅުމަށް މިހާރު ވަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ( ސީއެސްސީއީ ) އާއި ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް