17 އަހަރަށްފަހު އެންތުރެކްސް ބަލި ފެނިއްޖެ – ފެނުނީ ތައިލެންޑުން

ތައިލެންޑް މީހެއްގެ ގައިން އެންތްރެކްސް އިންފެކްޝަން ފެނިފައިވާކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ. ތައިލެންޑްގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޖެސާޑާ ޗޮ...

29 Nov 2017 | 06:36

ތައިލެންޑް މީހެއްގެ ގައިން އެންތްރެކްސް އިންފެކްޝަން ފެނިފައިވާކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ތައިލެންޑްގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޖެސާޑާ ޗޮކްދަމްރޮންސުކް އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ތައިލެންޑް މީހަކަށް އެންތުރެކްސް ވައިރަސްގެ އަސަރު ކޮށްފައިވަނީ އެގައުމަށް ވަގަށް ގެރިތަކެއް އެތެރެ ކުރަން އުޅުމުގެ ތެރޭގަ އެވެ.

މި ބަލި ޖެހިފައިވާ މީހާ ދިރިއުޅެމުން އަންނަނީ މިޔަންމާ ބޯޑަރު ސަރަހައްދުގައި އޮންނަ ޓާކް ޕްރޮވިންސްގެ މައެ ސޮޓް ޑިސްޓްރިކްޓްގައި ކަމަށްވެސް ބުނެފައި ވެ އެވެ.

އެންތްރެކްސް ބަލި އެންމެ ފަހުން ފެނިފައިވަނީވެސް މައެ ސޮޓް ޑިސްޓްރިކްޓުންނެވެ. މިކަމާއި ގުޅިގެން އެ ސަރަހައްދުގެ ގެރިތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް