ބިޓްކޮއިން އުފެއްދީ ކާކުކަން އަދިވެސް ވާނުވާގައި – އެލޮން މަސްކު ބުނަނީ އޭނާ ނޫން ކަމަށް

ބިޓްކޮއިން އަކީ ކޮން އެއްޗެއްކަން ބައެއް ދިވެހިންނަށް ނުއެނގުނު ނަމަވެސް ބިޓްކޮއިން އަށް ފިސާރި ފަރިތަ ދިވެހިން މިހާރު އެބަ އުޅެ އެވެ. 2008 ވަނަ އަހަރު ދައުރުވާން ފެށި ބިޓްކޮއިން، އެންމެ ބިޓް ކޮއިންއެ...

29 Nov 2017 | 06:20

ބިޓްކޮއިން އަކީ ކޮން އެއްޗެއްކަން ބައެއް ދިވެހިންނަށް ނުއެނގުނު ނަމަވެސް ބިޓްކޮއިން އަށް ފިސާރި ފަރިތަ ދިވެހިން މިހާރު އެބަ އުޅެ އެވެ.

2008 ވަނަ އަހަރު ދައުރުވާން ފެށި ބިޓްކޮއިން، އެންމެ ބިޓް ކޮއިންއެއްގެ އަގު މިހާރު 10 ހާސް ޑޮލަރުން މައްޗަށް ގޮސްފައިވާއިރު ބިޓްކޮއިން އުފެއްދި ކަމުގައި ގިނަ ބަޔަކު ދެކެމުން އައީ ސްޕޭސް އެކްސްގެ ސީއީއޯ އެލޮން މަސްކު ކަމަށެވެ.

2008ގައި މި ކްރިޕްޓޯ ކަރެންސީގެ ޕޭޕަރު އާންމު ވުމާއެކު އެލޮންގެ ކަމެއް ކަމުގައި ގިނަ ބަޔަކު މިކަން ދެކެން ފެށީ ސްޕޭސް އެކްސްގައި ކުރިން މަސައްކަތް ކުރި ސާހިލް ގުޕްތާ ކިޔާ މީހަކު އާންމުކުރި މައުލޫމާތު ތަކަކަށް ބަލާފަ އެވެ. ގުޕްތާ ބުނެފައިވަނީ ބިޓްކޮއިން އުފެއްދީ އެލޮން ކަމުގައި ބެލެވެނީ އޭނާއަކީ އެކޮނޮމިކް ރަނގަޅަށް ދަންނަ ކްރިޕްޓޯގްރަފީ އާއި ކޯޑިންގައި ފިސާރި ކުރީގައި އުޅޭ މީހެއް ކަމުގައި ވާތީ ކަމަށެވެ. އަދި އެލޮން އަކީ "ޕޮލީމެތް" އެއް ކަމަށެވެ.

ނަމަވެސް އަނެއްކާވެސް އެލޮން މިވަނީ މިކަން ދޮގުކޮށްފަ އެވެ.

އެލޮން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއީ ހުސް ދޮގު ކަމަށާއި ރައްޓެއްސަކު ބިޓްކޮއިނެއްގެ ބައެއް ދިން ކަމަށާއި ނަމަވެސް މިހާރު އެ ވީތަން ނުއެނގޭ ކަމަށެވެ.

ބިޓް ކޮއިން އަކީ އެއްވެސް ބޭންކެއްގެ ކޮންޓްރޯލް އެއަށް ނުފޯރާ، ދައުރުވަމުން އަންނަ އެތައް ކްރިޕްޓޯ ކަރަންސީއެއްގެ ތެރެއިން އެއް ކްރިޕްޓޯ ކަރަންސީ އެވެ. ބިޓްކޮއިން އެއްގެ އަގު 2008ގައި އުޅުނީ ގާތްގަނޑަކަށް އެންމެ ހަ ޑޮލަރަށެވެ. ނަމަވެސް މިހާރު އެންމެ ބިޓް ކޮއިނެއްގެ އަގު 10 ހާސް ޑޮލަރަށް އަރާއިރު ދިވެހި ރުފިޔާއިން ބަލައިފިނަމަ މިއީ އެންމެ ބިޓްކޮއިނަކީ އެއް ލައްކަ ފަންސާސް ހާސް ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް