ޕިކަޕަކުން ބަނގުރާ އަތުލައިގަތް އޮޕަރޭޝަނުގެ މައުލޫމާތު ފުލުހުން ހާމަ ކޮށްފި

މިދިޔަ ހޯމަ ދުވަހު މާލޭގައި ޕިކަޕަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަން އާއި ބެހޭ މައުލޫމާތު ފުލުހުން ހާމަ ކޮށްފި އެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ...

29 Nov 2017 | 05:37

މިދިޔަ ހޯމަ ދުވަހު މާލޭގައި ޕިކަޕަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަން އާއި ބެހޭ މައުލޫމާތު ފުލުހުން ހާމަ ކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ މިމީހާ ހައްޔަރުކޮށްފައިވަނީ ބަޔަކު ޤަވާއިދާ ޚިލާފަށް ބަނގުރާ މާލެއަށް އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ޕިކަޕެއްގައި ދަނިކޮށް ޓެލެކޮމް ބިލްޑިންގ ކައިރިން ކަމަށެވެ.

މި ޕިކަޕް ހުއްޓުވައި ބަލައިފާސްކުރިއިރު އެޕިކަޕް ތެރެއިން 144 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި އަދި މިމައްސަލައާ ގުޅުހުންހުރިކަމަށް ބެލެވޭ ލޯންޗެއްވެސް ވަނީ ބަލައިފާސްކޮށްފައެވެ. މި ލޯންޗު ބަލައިފާސްކުރިއިރު ލޯންޗު ތެރެއިން 95 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް