ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ނިމި، މަޖިލީހަށް މިއަދު ޗުއްޓީ ފެށިއްޖެ އެވެ.
މި ދައުރުގައި ޖުމްލަ ނުވަ ޖަލްސާއެއް ބާއްވާފައިވާއިރު މި ދައުރުގައި މަޖިލީހުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ 27.9 ބިލިޔަން ރުފިޔާގެ ބަޖެޓު ފާސް ކުރުމުގެ މަސައްކަތެވެ.
މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ގޮސްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދައުރުތަކަކީ ހަލަބޮލިކަން ބޮޑު ސިޔާސީ ގޮތުން ގިނަ ކަންތައްތަކެއް ހިނގައިދިޔަ އަހަރެއްގެ ގޮތުގައި ފާހަގަ ކޮށްލެވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމެވެ.
ގިނަ މެމްބަރުން ތަކެއްގެ ގޮނޑި ގެއްލިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑި ގެއްލުވާލަން އިދިކޮޅު ފަރާތްތަކުން ގިނަ ގުނަ މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ކާމިޔާބުވާގޮތް ވަނީ ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް