ޕާސްޕޯޓު ކާޑަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ނިންމަވައިފި

ދިވެހިރާއްޖޭގައި އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ. މިކަން ހާ...

29 Nov 2017 | 04:25

ދިވެހިރާއްޖޭގައި އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި، ހޮސްޕިޓަލްތަކާއި، ބޭންކުތައް ފަދަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން،ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިންޕާސްޕޯޓް ކާޑަކީވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަތުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރައްވާ ޕާސްޕޯޓް ކާޑަކީ، ދިވެހިރާއްޖޭގައި މި ވަގުތު ބޭނުންކުރާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓް ފިޔަވައި ސަލާމަތީގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުމެއް ކަމުގައިވެސް ރައީސް އޮފީހުން ބުނެފައި ވެ އެވެ.

އައު ޕާސްޕޯޓް ކާޑަކީ އޭޓީއެމްއިން ފައިސާނެގޭ، ލައިސަންސް ކާޑުގެ ގޮތުގައި ބޭނުންކުރެވޭ، އަދި އިންސުއަރެންސް ކާޑުގެ ގޮތުގައިވެސް ބޭނުންކުރެވޭ ކާޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް