އުރީދޫ އިން ރާއްޖޭގެ ފުރަތަމަ މޯބައިލް ގޭމް ސްޓޯރ ތައާރަފް ކޮށްފި

މޮބައިލް ގޭމިންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރ ކަމަށްވާ އުރީދޫ ގޭމް ސްޓޯ އިއްޔެ އެކުންފުނިން ތައާރަފްކޮށްފިއެވެ. މި ސްޓޯރ މެދުވެރިކޮށް، މޮބައިލް ބޭނުންކޮށްގެން ކުޅޭ އެންމ...

29 Nov 2017 | 02:46

މޮބައިލް ގޭމިންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރ ކަމަށްވާ އުރީދޫ ގޭމް ސްޓޯ އިއްޔެ އެކުންފުނިން ތައާރަފްކޮށްފިއެވެ.

މި ސްޓޯރ މެދުވެރިކޮށް، މޮބައިލް ބޭނުންކޮށްގެން ކުޅޭ އެންމެ މަޤްބޫލު ގޭމުތައް ޑައުންލޯޑުކޮށް، އެއްވެސް އިޝްތިހާރަކާއި ނުލާ ކުޅެވޭނެ ކަމުގައި އުރީދޫއިން ހާމަކުރެ އެވެ.

"އަޅުގަނޑުގެ ކަސްޓަކަރުންނަށް ކަމުދާ، އައު ޚިދުމަތްތައް ރާއްޖޭގައި ތައާރަފްކުރުމަކީ، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމެއް. މިގޮތުން، އުރީދޫ ގޭމް ސްޓޯ އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް، ފަސޭހަކަމާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ގުޅުވާލަދޭނެ. މިފަދަ، ރާއްޖެއަށް މުޅިން އައު ޚިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރާނީ މި ސްޓޯރ އިތުރަށް ފުޅާކޮށް، މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި، ތަފާތު ފީޗަރތައް އިތުރު ކުރުމަށް." އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫއިން ހާމަކުރާގޮތުގައި މޯބައިލް ފޯނަށް ޚާއްޞަ އުރީދޫ ގޭމް ސްޓޯ ޚިޔާރުކުރައްވައިގެން، www.ooredoogames.com މެދުވެރިކޮށް ފަހުގެ އެންޑްރޮއިޑް އަދި އެޗްޓީއެމްއެލް 5ގެ ގޭމުތައް ޑައުންލޯޑު ކުރެވޭނެއެވެ. ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، އުރީދޫ ގޭމް ސްޓޯރގެ ޚިދުމަތް ހޯދުމަށްޓަކައި ޚިޔާރުކުރެވޭނެ ޚާއްސަ ތިން އޮފަރ އެއް ވަނީ ތައާރަފް ކޮށްފައެވެ:

މިގޮތުން އެންޑްރޮއިޑް ފޯނު ބޭނުން ކުރައްވާ ބޭފުޅުންނަށް، އުރީދޫ ގޭމް ސްޓޯ އިން ތަފާތު ގޭމިންގ އެޕްތައް ޑައުންލޯޑު ކުރެވޭނެއެވެ. އަދި އައިއޯއެސް ބޭނުން ކުރަށްވާ ބޭފުޅުންނަށް، ގޭމް ސްޓޯގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ގޭމުތައް އޮންލައިކޮށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައިވެސް އުރީދޫއިން ހާމަކުރެ އެވެ.

އުރީދޫ ގޭމް ސްޓޯ އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓް ތަކަށް ޒިޔާރަތްކޮށްލެއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް