ދަންވަރު ވަގުތު އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފި

ރޭގެ ދަންވަރު ވަގުތު އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފައިވާކަމުގައި އެމެރިކާއިން ބުނެފި އެވެ. އެމެރިކާއިން ބުނެފައިވަނީ ޓެސްޓް ކުރި އެ މިސައިލް 1000 ކިލޯ މީޓަރަށް ދަތުރު ކުރި ކަމަށާ...

29 Nov 2017 | 02:07

ރޭގެ ދަންވަރު ވަގުތު އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފައިވާކަމުގައި އެމެރިކާއިން ބުނެފި އެވެ.

އެމެރިކާއިން ބުނެފައިވަނީ ޓެސްޓް ކުރި އެ މިސައިލް 1000 ކިލޯ މީޓަރަށް ދަތުރު ކުރި ކަމަށާއި އެ މިސައިލް ވެއްޓުނީ ޖަޕާނުގެ ކަނޑު ސަރަހައްދަކަށް ކަމަށެވެ. އަދި އެ މިސައިލު އުދުއްސާލީ އުތުރު ކޮރެއާގެ ވެރިރަށުން ކަމުގައިވެސް އެމެރިކާއިން ބުނެފައި ވެ އެވެ.

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފައިވާއިރު އެމެރިކާ އާއި އުތުރު ކޮރެއާއާއި ދެމެދު ވަރުގަދަ ކޯޅުން ގަނޑެއް ވަނީ އުފެދިފަ އެވެ. އެ ކޯޅުން ގަނޑުގައި ދެ ގައުމުގެ ލީޑަރުން އަންނަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް