ޔޫޓިއުބްގައި އެޕަލް އިން ޗެނަލެއް ހުޅުވައިފި އެވެ. ހުޅުވާފައިވާ ޗެނަލްގެ ނަމަކީ އެޕަލް ސަޕޯޓް އެވެ.
އެ ޗެނަލްގައި އެޕަލްގެ އުފެއްދުންތަކުގެ ވީޑިއޯ ޓިއުޓޯރިއަލް ހިމަނާފައިވާއިރު ޗެނަލްގައި މިހާރު ހުރި ވީޑިއޯތަކަށް ބަލާއިރު އެންމެ ދިގު ވީޑިއޯގެ ދިގުމިނަކީ ދެ މިނެޓެވެ. ވީޑިއޯތަކުގައި އިނގިރޭސިން ސަބްޓައިޓަލް ހިމަނާފައި ވެ އެވެ.
އެޕަލް އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މިހާތަނަށް މާ ގަދަކޮށްފައި އުޅުނު ކުންފުންޏެއް ނޫނެވެ. ނަމަވެސް މި އަހަރުތެރޭގައި އެޕަލް އިން އަންނަނީ ސޯޝަލް މީޑިއާގައިވެސް ވަކި ހިއްޕަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް