ވައިޓް ހައުސް އަށް ފޯނު ވެއްދުން މަނާކުރަނީ !

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ފޯނު ވެއްދުން މަނާކުރުމުގެ އުސޫލެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ. މީޑިއާތަކުން މިގޮތަށް ރިޕޯޓް ކޮށްފައ...

29 Nov 2017 | 00:50

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ފޯނު ވެއްދުން މަނާކުރުމުގެ އުސޫލެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

މީޑިއާތަކުން މިގޮތަށް ރިޕޯޓް ކޮށްފައިވާއިރު ހާމަކޮށްފައިވާގޮތުގައި ވެއްދުން މަނާކުރަން އުޅެނީ ވައިޓް ހައުސް އަށް ވަދެ ނިކުމެ އުޅޭ މުވައްޒަފުންގެ ފޯނުތަކެވެ.

މިކަމާއި ބެހޭގޮތުން މީޑިއާއަށް މައުޅޫމާތު ދެމުން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ ބުނެފައިވަނީ ދާދިފަހުން އޭނާގެ ފޯނު ރަނގަޅަށް މަސައްކަތް ނުކުރާތީ ވައިޓް ހައުސްގެ ޓެކްނޮލޮޖީ ޑިޕާޓްމެންޓަށް ދެއްކުމުން އެ ފޯނުގެ ކޮންޓްރޯލު އެހެން ބަޔަކު ހޯދާފައިވާކަން އެނގުނު ކަމަށެވެ. އަދި އެއަށްފަހު މިހާރުވެސް ވައިޓް ހައުސްގެ ވައަތު ފިޔައިގާ އަމިއްލަ ފޯނު ގެންގުޅުން މަނާކޮށްފައިވާކަމަށް އޭނާ ބުނެފައި ވެ އެވެ.

ސަލާމަތީ ރައްކަލަކަށްޓަކައި ވައިޓް ހައުސް އަށް ފޯނު ވެއްދުން މަނާކުރުމަށް އުސޫލެއް ފާސްކުރާ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް ރަސްމީ ސިފައެއްގައި މިފަދަ އުސޫލަކަށް އަދި އަމަލުކުރަން ފަށާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް