އެމެރިކާގެ ސިފައިންނަށް ނިސްބަތްވާ ޑާޓާތަކެއް އެއްވެސް ރައްކާތެރިކަމެއް ނެތި ނެޓަށް ދޫކޮށްލާފައި ހުއްޓާ ފެނިއްޖެ އެވެ.
މި ޑާޓާތައް ހޯދާފައިވަނީ ސެކިއުރިޓީ ފާމެއް ކަމުގައިވާ "އަޕް ގާޑް" އިންނެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި އެ ޑާޓާތަކަކީ އެމެރިކާގެ އަސްކަރިއްޔާ އާއި އެންއެސްއޭ ގުޅިގެން އޮޕަރޭޓްކުރާ ޔުނައިޓެޑް ސްޓޭޓްސް އާމީ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމާޏްޑް (އިންސްކޮމް) އަށް ނިސްބަތްވާ ޑާޓާ ތަކެކެވެ.
އެ ޑާޓާ ތަކުގެ ތެރޭގައި އެއްވެސް ޕާސްވޯޑަކާ ނުލާ ބަލާލެވޭގޮތަށް 47 ލިޔެކިޔުމެއް ހުރި އިރު ޑައުންލޯޑް ކުރެވޭ ގޮތަށް ތިން ފައިލެއް ހުރި ކަމަށް އަޕް ގާޑުން ބުނެފައި ވެ އެވެ. އަދި އެ ލިޔުންތަކުގެ ތެރޭގައި "ޓޮޕް ސީކްރެޓް" ޖަހާފައިވާ ސިއްރު ލިޔުންތައްވެސް ހިމެނޭ ކަމަށް އަޕް ގާޑުން ބުނެފައި ވެ އެވެ.
އަޕް ގާޑަކީ މި ފަހަކަށް އައިސް މިގޮތަށް އިންޓަނެޓަށް ދޫކޮށްފައި ހުންނަ ފައިލްތައް ހޯދައި އެ ފައިލަތައް ރައްކާތެރި ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސެކިއުރިޓީ ފާމެކެވެ. އެ ފާމުން މީގެން ކުރިން މިފަދަ އެތައް ޑާޓާއެއް ހޯދި ނަމަވެސް ޓޮޕް ސީކްރެޓް ޖަހާފައިވާ ލިޔުންތަކެއް އެ ކުންފުންޏަށް ހޯދުނު މިއީ ފުރަތަމަ ފަހަރު ކަމުގައި އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް