ވިލިނގިލިން ގެމަނަފުއްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ގއ. ވިލިނގިލިން ފުރައިގެން އެއަތޮޅު ގެމެނަފުށްޓަށް ދަތުރުކުރަމުންދިޔަ، ގެމަނަ ފުށީ މަސްވާލި ނަމަކަށްކިޔާ ދޯނި ވިލިނގިލީ ފަރުމައްޗަށް އެރުމާ ގުޅިގެން ދޯންޏާ ދޯނިން ދަތުރު ކުރި މީހުން ސަލާމަތް ކުރުމުގައ...

29 Nov 2015 | 14:14

ގއ. ވިލިނގިލިން ފުރައިގެން އެއަތޮޅު ގެމެނަފުށްޓަށް ދަތުރުކުރަމުންދިޔަ، ގެމަނަ ފުށީ މަސްވާލި ނަމަކަށްކިޔާ ދޯނި ވިލިނގިލީ ފަރުމައްޗަށް އެރުމާ ގުޅިގެން ދޯންޏާ ދޯނިން ދަތުރު ކުރި މީހުން ސަލާމަތް ކުރުމުގައި ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ.

ފުލުހުން ބުނީ މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 15:59 ހާއިރު އެވެ. މި ހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނި ވިލިނގިލީ ފަރަށް އަރާފައިވަނީ ވިލިނގިލީ ނެރުން ނުކުތްތަނާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި 09 ފިރިހެނުންނާ 07 އަންހެނުންނާ 05 ކުދިން ތިއްބެވެ. ދޯނީގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށާއި ދޯނީގައި ތިބި އަންހެނުންނާ ކުޑަކުދިން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވިލިނިގިއްޔަށް ރައްކާތެރިކަމާއެކު ގެންދެވިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ޙާދިސާ ހިންގަން މެދުވެރިވި ސަބަބާ ދޯންޏަށް ލިބުނު ގެއްލުން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް