އެމްޑީޕީން ކުރިއަށް ގެންދާ "މިންޖުވާން" މުޒާހަރާއިން އިއްޔެ ހައްޔަރުކުރި 13 މީހުން މިއަދު ދޫކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އެ 13 މީހުން ދޫކޮށްލި ނަމަވެސް އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ 13 މީހުން ހައްޔަރުކުރީ އާޓިފިޝަލް ބީޗުގައި ތިބެ މުޒާހަރާ ކުރަން ފުލުހުން އަންގާފައިވަނިކޮށް، އެ އެންގުމާ ޚިލާފަށް މަގުމައްޗަށް ނުކުމެ މަގުތައް ހަލަބޮލި ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް