މަރުވާން ކަމަށްބުނެ ފިލައިގެން އުޅުނު މީހަކު ކާނިގަހެއްގައި އޮއްވާ ފެނިއްޖެ

ހދ ނެއްލައިދޫގައި މަރުވާން ކަމަށް ބުނެ ފިލައިގެން އުޅުނު މީހަކު ކާނިގަހެއްގެ ކުރީގައި ފިލާ އޮއްވާ ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެމުން ނެއްލައިދޫން ވާހަކަ ދެއްކި މީހަކު ބުނީ މަރުވާނެ ކަމަށް ބުނެ ...

29 Nov 2015 | 08:49

ހދ ނެއްލައިދޫގައި މަރުވާން ކަމަށް ބުނެ ފިލައިގެން އުޅުނު މީހަކު ކާނިގަހެއްގެ ކުރީގައި ފިލާ އޮއްވާ ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން ނެއްލައިދޫން ވާހަކަ ދެއްކި މީހަކު ބުނީ މަރުވާނެ ކަމަށް ބުނެ ކޮޓަރީގެ ދޮރުގައި ނޯޓެއް ތަތްކުރުމަށްފަހު އޭނާ ފިލީ ރޭގެ ވަގުތެއްގައި ކަމަށާއި ރަށުގެ ރައްޔިތުންނާއި ކައުންސިލު ގުޅިގެން ހޯދަމުން ދަނިކޮށް ކާނިގަހެއްގެ ކުރީގައި އޮއްވާ ފެނުނީ މެންދުރު 12:30 ހާއިރު ކަމަށެވެ.

"ރިސޯޓެއްގަ ކޮންސްޓްރަކްޝަން މަސައްކަތު ވަޒީފާއި އުޅެނީ، އެކުގަ އުޅޭ މީހުން އެގެއަށް ރޭ ދިޔައީ ރިސޯޓަށް ދާން އޭނާ ބަލައި، ދިޔައިރު ދޮރުގަ ތަތްކޮށްފަ އިނީ ނޯޓެއް، އެ ނޯޓުގައި ބުނެފައިވަނީ ތިމަންނަ ނުދާނަމޭ ތިމީހުން ދާށޭ، ތިމަންނަ މީ ރަހުމަތުންވެސް އާއިލާއިންވެސް ބޭރުކޮށްފަ ހުރި މީހެކޭ، ދެންއިންނަނީ ވަޅި އަކާއި ދަން ޖެހޭ މަޅިއެއް ކުރަހާފަ" ނެއްލައިދޫން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

މިފަދަ ކަމެއް ހިނގައިގެން އުޅޭކަން ނެއްލައިދޫ ކައުންސިލުންވެސް ކަށަވަރު ކޮށްދެ އެވެ. އެ ރަށު ކައުންސިލަރަކު ވިދާޅުވީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް