ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން މިއަދު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާ...

29 Nov 2015 | 07:42

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުންނަކީ، ގަލޮޅު މާވާރުލު އަލްފާޟިލް ޙަސަން ޒުހައިރު މުޙައްމަދާއި، ހައްދުންމަތި މާވަށް ނަލަމަލަ އަލްފާޟިލް ނަޞްރުﷲ ޖަމީލާއި، ގަލޮޅު ގޮފި އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތާއި، ހުވަދުއަތޮޅު ދެކުނުބުރި ހޯނޑެއްދޫ ވައިލެޓްފެހި އަލްފާޟިލާ އާމިނަތު ފަރީޝާއާއި، މައްޗަންގޮޅި ޕެންޒީވިލާ އަލްއުސްތާޛާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް