ސީއެސްސީގެ މެމްބަރު ކަމަށް ޝަހީދު މުހައްމަދު އައްޔަން ކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް މަޖިލީހުން ފާސްކުރެއްވި، ހުވަދުއަތޮޅު އުތުރުބުރި ވިލިނގިލި ވައިޖެހޭގޭ ޝަހީދު މުޙައްމަދު، އެކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދ...

29 Nov 2015 | 07:36

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް މަޖިލީހުން ފާސްކުރެއްވި، ހުވަދުއަތޮޅު އުތުރުބުރި ވިލިނގިލި ވައިޖެހޭގޭ ޝަހީދު މުޙައްމަދު، އެކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޝަހީދު މުޙައްމަދަށް ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޝަހީދު މުޙައްމަދު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޝަހީދު މުޙަންމަދު ކުރެއްވިއެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް