ހާބަރު ކަޑަތައް ވަގުތީގޮތުން ބަންދުކޮއްފި

ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ވަގުތީގޮތުން ބަންދުކޮއްފިއެވެ. މިއަދު 11:30ން އިރުއޮއްސި 18:30އަށް ކަޑަތައް ބަންދުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވަނީ އެސަރަހައްދުގައި ހަދާފައިވާ ރާވެރިބ...

29 Nov 2015 | 06:54

ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ވަގުތީގޮތުން ބަންދުކޮއްފިއެވެ.

މިއަދު 11:30ން އިރުއޮއްސި 18:30އަށް ކަޑަތައް ބަންދުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގާފައިވަނީ އެސަރަހައްދުގައި ހަދާފައިވާ ރާވެރިބޭ މައިޒާން މިއަދު ހަވީރު ހުޅުވުމަށް ހަމަޖެހިފައިވާތީއެވެ.

ރާވެރިބޭ މައިޒާނަކީ ކުޑަކުދިން ކުޅެ، ހިތްއުފާކޮއްލެވޭގޮތަށް ކުޅޭ ސާމާނު ބަހައްޓާފައިވާ ޕާކެކެވެ. މީގެ އިތުރުން އެޕާކު ނުވަތަ މައިޒާން ތަރައްޤީކޮއްފައިވަނީ އެކި ޢުމުރުފުރައިގެ މީހުންނަށްވެސް އިށީނދެ ތިބެވޭނެ ގޮތަށާއި ޕާކިންގ ޒޯނެއްވެސް ހިމަނައިގެންނެވެ.

މި މައިޒާން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ހުޅުވައިދެއްވުމަށް ހަަމަޖެހިފައިވާ އިރު، ރިޔާސީ ލޯންޗްކޮޅުގައި ބޮމެއްގޮއްވާލި ހާދިސާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް