އުމަރު ނަސީރަކީ މާދަމާ ފެލާލާފަ އެއްލާލަނެ ލުނބޮއެއް: އަލީ ވަހީދު

ހޯމް މިނިސްޓަރު އުމަރު ނަސީރަކީ މާދަމާ ފެލާލާފައި އެއްލާލާނެ ލުނބޮއެއް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުއްވާލެވިގެން ހުންނެވި އަލީ ވަހ...

29 Nov 2015 | 05:49

ހޯމް މިނިސްޓަރު އުމަރު ނަސީރަކީ މާދަމާ ފެލާލާފައި އެއްލާލާނެ ލުނބޮއެއް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުއްވާލެވިގެން ހުންނެވި އަލީ ވަހީދު މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައިވަނީ އުމަރު ނަސީރަކީ މާދަމާ ފެލާލާފައި އެއްލާލާނެ ލުނބޮއެއް ކަމަށާއި ގައުމުން ފެންނަ ފަސާދަ އާއި އަނިޔާވެރިކަމުގެ މުގުލަކީ ކާމިނީގޭ އާއިލާ ކަމަށެވެ. ރައީސް ޔާމީން ކަމަށެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން 73 ގަޑި އިރާއި 13 މިނެޓަށް ކުރިއަށްގެންދާ މުޒާހަރާގައި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުތަކެއް ހޯމް މިނިސްޓަރ އުމަރު ނަސީރު ނެރުއްވާކަމަށް އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް