އއ މާޅޮހުގައި "މާޅޮސް އޯޕަން ބަށިލީގު"ގެ ނަމުގައި މިހާރު ކުރިއަށްދާ މުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅެވޭނެއެވެ.
މި މުބާރާތަކީ ހަމައެކަނި މާޅޮހަށް ހުޅުވާލައިގެން ކުރިއަށްދާ ބަށި މުބާރާތެކެވެ.މުބާރާތުގެ ފައިނަލުގައި މިއަދު ބައްދަލު ކުރާނީ އަންޓަޗްބަލް އާއި އޯކިޑު ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް -/3000 ރުފިޔާ އަދި ރަނަރ- އަޕް ޓީމަށް =/1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބަށި ރާނީ އާއި އިތުރު ވަނަތައް ހޮވާ، ތައްޓާއި އިނާމާއި ސެޓްފިކެޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ މުބާރާތަށްވެސް ރަށުން ވަރަށް ބޮޑު ތަރުޙީބެއްލިބިފައިވާ ކަމަށާއި މިފަދަ މުބާރާތްތަކުގެ ސަބަބުން ކަނބަލުންގެ ހުނަރު ދައްކާލުމަށް ފުރުޞަތު އިތުރުވާ ކަމަށް މާޅޮހު ކައުންސިލުން ބުނެ އެވެ.
ގްރޫޕު ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު އެންމެ ލަނޑަކުން ކާމިޔާބު ކޮއްފައިވަނީ އޯކިޑު ޓީމެވެ. އަންޓަޗްބަލް 17 ލަނޑު 10 ފޯލި ހެދި އިރު، އޯކިޑު ޓީމުން ހަދާފައިވަނީ 18 ލަނޑު 10 ފޯއްޔެވެ.
ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމާއި އެއްބައިވަންތަކަމާއިއެކު ގިނަބަޔަކު އެއްތަނަކަށް އެއްވެ އެކުވެރި މާޙައުލެއް ޤާއިމުކޮއްދިނުމުގެ މަޤުޞަދުގައި އއ. މާޅޮހު ކައުންސިލުން އަންނަނީ ކުޅިވަރުގެ ގިނަ ޙަރަކާތްތަކެއް އަަހަރުތެރެއަށް ބަހާލައިގެން ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް