އުތުރު ކޮރެއާއިން އުދުއްސާލި މިސައިލެއް ނާކާމިޔާބު ވެއްޖެ

ސަބްމެރީނެއް ބޭނުން ކޮށްގެން އުތުރު ކޮރެއާއިން ފޮނުވާލަން މަސައްކަތް ކުރި މިސައިލެއް ނާކާމިޔާބު ވެފައި ވާކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ. ދެކުނު ކޮރެއާއިން ބުނެފައިވަނީ ނޯތް ކޮރެއާއިން ތަޖުރިބާކު...

29 Nov 2015 | 03:36

ސަބްމެރީނެއް ބޭނުން ކޮށްގެން އުތުރު ކޮރެއާއިން ފޮނުވާލަން މަސައްކަތް ކުރި މިސައިލެއް ނާކާމިޔާބު ވެފައި ވާކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާއިން ބުނެފައިވަނީ ނޯތް ކޮރެއާއިން ތަޖުރިބާކުރަން މަސައްކަތްކުރި މި މިސައިލް ކަނޑުން މައްޗައް ގޮސަފައިނުވާކަމަށެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި ކޭއެން-11 މަރުކައިގެ މިސައިލްއެއް ސީ އޮފް ޖަޕާން ކަނޑުން އޮޔާދަނިކޮށް ވަނީ ފެނިފައި ވާކަމަށާއި މޭމަހުގައި އުތުރުކޮރެއާއިން ހަމަ މިފަދަ މިސައިލް ލޯންޗް ތަޖުރިބާއެއް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެ އެވެ.

ބެލަސްޓިކް މިސައިލް ބޭނުންކުރުން އަދި ތަޖުރިބާ ކުރުން އދ މަނާކޮށްފައިވީ ނަމަވެސް އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ކަނޑުގެ އަޝްކަރިއްޔާ ބޮޑުކޮށް ކަނޑުއަޑިން ފޮނުވާލާ މިސައިލްތައް އީޖާދުކުރަން ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް