ސާދަ މިލިއަން ޕައުންޑް ހޭދަ ކޮށްގެން ކައިވެނި ހަފްލާއެއް ބާއްވައިފި

އިންޑިޔާގެ މިލިއަނަރެއް 14 މިލިއަން ޕައުންޑް ހޭދަކޮށްލައިގެން އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހަފްލާ ބާއްވައިފިއެވެ. އިންޑިޔާގެ މިލިއަނަރެއްކަމުގައިވާ ޔޮގޭޝް މެހްތާ ގެ ހުރި ހަމައެކަނި ދަރި ރޯހަން މެހްތާ ...

29 Nov 2015 | 03:25

އިންޑިޔާގެ މިލިއަނަރެއް 14 މިލިއަން ޕައުންޑް ހޭދަކޮށްލައިގެން އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހަފްލާ ބާއްވައިފިއެވެ.

އިންޑިޔާގެ މިލިއަނަރެއްކަމުގައިވާ ޔޮގޭޝް މެހްތާ ގެ ހުރި ހަމައެކަނި ދަރި ރޯހަން މެހްތާ ކައިވެނި ކޮށްފައިވަނީ ލަންޑަނުގެ ފެޝަން ވިޔަފާރިވެރިއެއްކަމުގައިވާ ރޯޝިނީ އާއެވެ. އިޓަލީގައި ބޭއްވި މި ދެމަފިރިންގެ ކުލަގަދަ ކައިވެނީގެ ހަފްލާ ތިން ދުވަހަށް ދެމިގެންދިޔައިރު ފައްސަތޭކައެއްހާ މެހްމާނުން މި ހަފްލާއަށް ޒިޔާރަތް ކުރިކަމަށް ބެލެވެއެވެ. ސަގާފީ މިކައިވެނީގެ ހަފްލާއަށް ދައުވަތު ދީގެން ގެނައި ހުރިހާ މެހެމާނުންވެސް ބައިތިއްބައިފައިވަނީ އިޓަލީގެ އެންމެ ފެންވަރު ރަނގަޅު ހޮޓާ ތަކުގަ އެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން ދުބާއީގައި ކެމިކަލްގެ ވިޔަފާރިކުރާ ޔޮގޭޝް މެހްތާގެ މިލްކިއްޔާތުގައި 623 މިލިއަން ޑޮލަރު ހުރިކަމަށް ލަފާކުރެވެއެވެ. ރޯހަން މެހްތާ އޭނަގެ ކިޔެވުން ނިނަމާލުމަށްފަހު އޭނަގެ ބައްޕަގެ ވިޔަފާރީގައި ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް