އިމާރާތެއްގެ ހަތްވަނަ ބުރިން ވެއްޓުނު ކުޑަ ކުއްޖަކު މީހަކު ހިފައިފި

ތުރުކީގައި މަގުމަތި ސާފު ކުރަން އުޅޭ މަސައްކަތް ކުރާ މީހަކު އިމާރާތެއްގެ ހަތް ވަނަ ބުރިން ވެއްޓުނު ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ހިފައިފި އެވެ. ސުކްރޫ ޑެނިސް ކިޔާ އެ މީހާ އާއި ހަވާލާދީ ތުރުކީ...

29 Nov 2014 | 08:54

ތުރުކީގައި މަގުމަތި ސާފު ކުރަން އުޅޭ މަސައްކަތް ކުރާ މީހަކު އިމާރާތެއްގެ ހަތް ވަނަ ބުރިން ވެއްޓުނު ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ހިފައިފި އެވެ.

ސުކްރޫ ޑެނިސް ކިޔާ އެ މީހާ އާއި ހަވާލާދީ ތުރުކީގެ މީޑިއާއިން ބުނެފައިވަނީ މަގުމަތި ސާފު ކުރަމުން އެކުއްޖާ ވެއްޓުނު އިމާރާތް ކައިރިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް  ބޫޓުތަކެއް ވެއްޓެން ފެށި ކަމަށެވެ. އެވަގުތު ބޫޓުތައް ވައްޓާލި ބަޔަކާއި ދިމާއަށް އެއްޗެހި ކިޔަން ވެގެން މައްޗަށް ބަލާލި އިރު މަތިން ވެއްޓެނީ ކުޑަ ކުއްޖެއް ކަމަށް އޭނާ ބުންނެވެ.

އެހެންވެ ވަގުތުން ފިހިގަނޑު އެއްލާލުމަށް ފަހު އެކުއްޖާ ހިފަން ހަތް ދިއްކޮށްގެން އެ ކުއްޖާ ވެއްޓެންދާ ދިމާލަކަށް ދުވި ކަމަށް ޑެނިސް ބުންޏެވެ. އަދި ހަތަރު އަހަރުގެ އެ ކުއްޖާ ވަރަށް ރުއި ކަމަށާއި އެ ކުއްޖާ ހިފުމަށް ފަހު ވަގުތުން ހޮސްޕިޓަލަކަށް ގުޅީ ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި އެކުއްޖާގެ ހާލު ސީރިއަސް އެވެ.

އެ ކުއްޖާ ސަލާމަތުން ހިފުމުން އޭނާއަށް ޝޮކެއް ލިބި އިރުކޮޅަކު އިށީންދެ އިނދެވުންކަމަށް އެމީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް