މ. މުލީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ނުވަ ރަބަރު ޕެކެޓާއި އެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުންނާއި ބިންމަތިން ކަމަށެވެ.
މީގެ އިތުރުން ހަމަ އެރޭ ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ 7 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ރަބަރު ޕެކެޓްތަކެއް ހޯދާފައި އެވެ. މި މައްސަލައިގަ މީހަތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާއިރު މުލީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލައާއި ގުޅުން ހުރި މީހުން ހޯދަމުންނެވެ.
މި ދެ މައްސަލަ މުލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް