އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރަން ފަށައިފި

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރަން ފަށައިފި އެވެ. ރަޖިސްޓްރީ ކުރުން ކުރިޔަށް ގެންދަނީ މިއަދު 05:00 ގެ ނިޔަލަށް ކަލާފާނު...

29 Nov 2014 | 08:20

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރަން ފަށައިފި އެވެ.

ރަޖިސްޓްރީ ކުރުން ކުރިޔަށް ގެންދަނީ މިއަދު 05:00 ގެ ނިޔަލަށް ކަލާފާނު ސްކޫލްގައި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ގާނޫނަށް ގެނައި ބަދަލާއެކު ކުރިން ލޯކަލް އިންވެސްޓްމަންޓް ގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރަމުން އައި ފަރާތްތަކުގެ ވިޔަފާރިތައް އަލުން ރަޖިސްޓްރީ ކުރަން މަޖުބޫރުވާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އަލުން ރަޖިސްޓްރީ ކުރަންޖެހޭ  ފަރާތްތަކުން އައޑީ ކާޑު ހިފައިގެން ގޮސް ރަޖިސްޓްރީ  ކުރުމުން ވަގުތުން ސެޓްފިކެޓް ދޫކުރުމުގެ އިންތިޒާމް ކަލާފާނު ސްކޫލްގައި ހަމަޖައްސާފައިވާކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީ ކުރަން ގޮސް ތިބިކަމަށާއި، އެ މިނިސްޓްރީން ވަނީ ގިނައިރު މަޑުނުކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް