ކަލައިދޫ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގައިގެން ހައްޔަރުކޮށްފި

ލ. ކަލައިދޫ ސްކޫލްގެ ލީޑިން ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގައިގެން ފުލުހުން ހައްޔަރުކޮށްފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އެރަށު ސްކޫލްގެ ފިރިހެން ޓީޗަރެކެވެ. އުމުރުން 43 ...

29 Nov 2014 | 06:59

ލ. ކަލައިދޫ ސްކޫލްގެ ލީޑިން ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގައިގެން ފުލުހުން ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އެރަށު ސްކޫލްގެ ފިރިހެން ޓީޗަރެކެވެ. އުމުރުން 43 އަހަރުގެ ޓީޗަރު އެއްޖިންސުން ގުޅުން ހިންގާފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކާއި އެކު އެވެ. މައުލޫމާތު ލިބިފައިވާޣޮތުގައި ޓީޗަރު އެކުއްޖާއާއި އެކު އެއްޖިންސުން ގުޅުން ހިންގަނީ މަޖުބޫރުން ބިރުދައްކައިގެން ނެވެ.

ދުވަހަށް މައުލޫމާތުދެމުން އެރަށު ކައުންސިލުން ވާހަކަދެއްކި މީހަކު ބުނީ ޓީޗަރު ކުޑަ ކުއްޖާ ގޮވައިގެން ވަލުތެރޭ ގުޅުން ހިންގަން ތިއްބާ ރޭ ގާތްގަނޑަކަށް 09:30 ހާއިރު ފެނިފައިވަނީ އެރަށު ބަޔަކަށް ކަމަށާއި، ރަށު ބަޔަކު ރޭ އެ ދެމީހުންނަށް ފާރަލީކަމަށެވެ. އަދި އެކަން ވަގުތުން ފުލުހުންނަށް ރިޕޯޓު ކުރީ ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލ. ކަލައިދޫއިން އެއްޖިންސުން ގުޅުން ހިންގައިގެން 43 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރޭ ކަލައިދޫ ސްކޫލްގެ ޓީޗަރަކު އެއް ޖިންސުން ގުޅުން ހިންގައިގެން ހައްޔަރުކުރި އިރު މިދިޔަ ހަފްތާގައި މާލޭ އާޓިފިޝަލް ބީޗުގައި ކުޑަ ފިރިހެން ކުދިންތަކެއް ގޮވައިގެން މޫދަށް ގޮސް ގައިގޯޅިވެ އުޅުމުން ކަލާފާނު ސްކޫލްގެ ފިރިހެން ޓީޗަރެއްގެ މައްސަލަ ބެލުމަށް ވަނީ ބަޔަކު އެޑިއުކޭޝަން މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައި އެވެ. އެ މައްސަލަ މިހާރު މިނިސްޓްރީން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް