ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ އަންހެނަކު ވަލުތެރޭން ފެނިއްޖެ

އިއްޔެ މެންދުރުން ފެށިގެން ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އަންހެނަކު މިއަދު ހެނދުނު ވަލެތެރޭގައި އުޅެނިކޮށް ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައިބު...

29 Nov 2014 | 05:20

އިއްޔެ މެންދުރުން ފެށިގެން ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އަންހެނަކު މިއަދު ހެނދުނު ވަލެތެރޭގައި އުޅެނިކޮށް ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބު ރައިބު ރައީސް މުހައްމަދު އައިމަން ވިދާޅުވީ އެރަށު ފިލިގަސްދޮށުގޭ އުމުރުން 46 އަހަރުގެ ހައްވާ ގާސިމް ގެއްލިގެން ހޯދަންފެށީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށާއި ހޯދަމުން ދަނިކޮށް ހައްވާ ގާސިމް ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަލުތެރޭގައި އުޅެނިކޮށް ކަމަށެވެ.

ކައުންސިލްގެ ނައިބުރައީސް އިތުރަށް ވިދާޅުވީ ހައްވާ ގާސިމަކީ މީގެ ކުރިންވެސް ގެއްލިގެން ހޯދާފައިވާ މީހެއް ކަމަށާއި ކޮންމެ ފަހަރަކުވެސް ފެންނަނީ ވަލުތެރެއިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް