ލ.އަތޮޅު ބަށިބޯޅަ މުބާރާތް: ރިއަލް އައިލެންޑް އަދި ސްޓަރ ކުޅުނުމެޗު ކާމިޔާބުކޮށްފި

ހައްދުންމަތީ އަތޮޅު ކައުންސިލް ބަށިބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗު ރިއަލް އައިލެންޑް އަދި ސްޓަރއިން ކާމިޔާބުކޮށްފިއެވެ. އެގޮތުން މުބާރާތުގެ 12 ވަނަ މެޗުގައި ، ރިއަލް އައިލެންޑް އަދި މާބައިދޫ އ...

29 Nov 2014 | 04:44

ހައްދުންމަތީ އަތޮޅު ކައުންސިލް ބަށިބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗު ރިއަލް އައިލެންޑް އަދި ސްޓަރއިން ކާމިޔާބުކޮށްފިއެވެ.

އެގޮތުން މުބާރާތުގެ 12 ވަނަ މެޗުގައި ، ރިއަލް އައިލެންޑް އަދި މާބައިދޫ އިސްދަރިވަރުންގެ ގުޅުން ބައްދަލުކޮށް 23 ލަނޑު 11 ފޯލި، 28 ލަނޑު  0 ފޯލިން މެޗު ކާމިޔާބުކުރީ ރިއަލް އައިލެންޑެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ގުޅުމުގެ ޖާރސީ ނަންބަރ 8 މަރިޔަމް މަރީޝާއެވެ. މިމޮޅާއެކު ރިއަލް އައިލެންޑްވަނި ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ކުއަރޓަރ ފައިނަލް ޔަގީންކޮށްފައެވެ.

މުބާރާތުގެ 13 ވަނަ މެޗުގައި ލ. ފޮނަދޫ ޒުވާނުންގެ ގުޅުމުގެ ބުލްބުލް އަދި ލ.ގަމު ތުނޑީ ސްޓަރ ބައްދަލުކޮށް 25 ލަނޑު 6 ފޯލި، 26 ލަނޑު 5 ފޯލިން މެޗު ކާމިޔާބުކުރީ ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން "ސްޓަރ"އެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ބުލްބުލްގެ ޖާރސީ ނަންބަރ 7 ފާއިޒާ އަބްދުﷲ އެވެ.

މިއަދުވެސް މުބާރާތުގެ މެޗުތަށް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް