ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު --
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކުރުމަށް، ރާއްޖޭގެ އިތުރު ތިން ސަރަޙައްދެއްގައި ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކުރުމަށް ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އަލުން ތަޢުލީމާއި، ވަޒީފާއާއި، ޢާއިލީ ދިރިއުޅުމުގެ ތެރެއަށް އަނބުރާ ގެނައުމަށް، މި ސެންޓަރުތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް