ހުޅުމާލޭގައި ހުންނަ ސުޕަމާޓް ބައި ސަމަންގެ ބޭރުގައި ހަރުކޮށްފައިވާ އެލްއީޑީ ސްކްރީނަށް ރޭ ދަންވަރު އެ ސްކްރީން ހެކް ކޮށްގެން ވަދެ، އަންހެނެއްގެ ބަރަހަނާ ފޮޓޯއެއް އެ ސްކްރީނުގައި އަޅުވައިފިއެވެ.
ފުލުހުންނަށް މި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ ރޭ ދަންވަރު 3:23 ހާއިރުއެވެ. ރިޕޯޓު ލިބުމާ އެކު ފުލުހުން ވަނީ އެ ސްކްރީނާ ގުޅޭ ފަރާތްތައް ހޯދައި، ސްކްރީން ނިއްވާލައިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް