ފިލްމް 'ޕެއްޑީ'ގައި ކުޅުނު ފަދަ ރޯލަކުން ދެން ދުވަހަކުވެސް ނުފެންނާނެ: ޖާންވީ

29 Oct 2026 | 02:54
ޖާންވީ ކަޕޫރު --

ޖާންވީ ކަޕޫރު --

ބޮލީވުޑާއި ސައުތު އިންޑިއަން ސިނަމާގައި ހަރަކާތްތެރިވާ ބަތަލާ ޖާންވީ ކަޕޫރު، ފިލްމް 'ޕެއްޑީ' ގައި އޭނާގެ ކެރެކްޓާ ދައްކުވައިދީފައިވާ ގޮތާ މެދު އުފެދުނު ހޫނު ބަހުސާ ގުޅޭ ގޮތުން 'ކޮފީ ވިތު ކަރަން'ގައި ވާހަކަ ދައްކައިފިއެވެ.

އެ ފިލްމުގައި "އަޗީޔާމާ އޮފް ޕެއްޑީ" ގެ ރޯލު ކުޅުނު ޖާންވީ ދެއްކި ގޮތާ މެދު ފާޑުކިޔުން ބޮޑުވެ، ޖިންސީ ގޮތުން ހައްދުފަހަނައެޅި ގޮތަށް ބަތަލާ ދައްކުވައިދީފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިވީ ފިލްމު ނެރުނު ފަހުންނެވެ. ޝޯގެ ހޯސްޓް ކަރަން ޖޯހަރު އެ ފާޑުކިޔުމާ ބެހޭ ގޮތުން ސުވާލުކުރުމުން ޖާންވީ ބުނީ މިކަމާ ވާހަކަ ދައްކަން ޖެހިލުންވީ އެ ފިލްމަށް ގިނަ ބަޔަކު ބުރަ މަސައްކަތްކޮށްފައިވާތީ ކަމަށެވެ.

ނަމަވެސް އެ ފިލްމުގެ ވާހަކައިން މުޖުތަމައަށް، ޚާއްޞަކޮށް އަންހެނުންނަށް، ކޮށްފައިވާ ނޭދެވޭ އަސަރާ މެދު ހިތާމަ ނުކޮށް ނުހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ބެލުންތެރިންނަށް ދެން އޭނާ ޢެފަދަ ކެރެކްޓާއަކުން ދުވަހަކުވެސް ނުފެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ޖާންވީ އިތުރަށް ފާހަގަކުރި ގޮތުގައި ސައުތް ފިލްމް އިންޑަސްޓްރީގައި ފުރިހަމަ ސްކްރިޕްޓެއް ކުރިއާލައި ލިބުމަކީ ވަރަށް މަދުން ހިނގާ ކަމެއް ކަމަށާއި، ކެމެރާ އެންގަލްތައް ސްކްރިޕްޓުން ފެންނަން ހުންނަނީ ވެސް ހާލަކުން ފަހަރެއްގައި ކަމަށެވެ.

އެހެންނަމަވެސް އެ ޒިންމާގެ ބައެއް އަމިއްލައަށް ވެސް ނަގަންޖެހޭ ކަމަށް ގަބޫލު ކުރާކަމަށެވެ. އެއީ ހައިސިއްޔަތެއް ލިބިފައި އޮތް މީހެއްގެ ގޮތުގައި އެ ބާރުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތަށް ޢަމަލުކޮށް ކެމެރާއަށް އޭނާގެ ޝޮޓްތައް ނެގި ގޮތާއި ގުޅޭގޮތުން ކުރިން ޥާހަކަ ދެއްކުން ކަމަށެވެ.

ރާމް ޗަރަން އާއި ޖާންވީ ލީޑް ރޯލު ކުޅުނު ޕެއްޑީ ޑައިރެކްޓްކުރީ ބުޗީ ބާބޫ ސާނާއެވެ. ފާޑުކިޔުން ބޮޑުވުމާ ގުޅިގެން ޑައިރެކްޓަރު ވަނީ މާފަށް އެދި، ފިލްމުގައި ހުރި އެފަދަ މަންޒަރުތައް އުނިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް