ކ. ތުލުސްދޫ ކައިރީ ކަނޑުމަތީގައި މިރޭ ދެ ލޯންޗެއް އެކައްޗެއް އަނެކައްޗެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ފަސް މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ 19:19 ހާއިރުއެވެ. ހާދިސާގައި ޒަހަމްވި ފަސް މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ތުލުސްދޫ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ބޭނުންވާތީ ފަސް މީހުން ވެސް މާލެ ގެނައުމުގެ މަސައްކަތް ތުލުސްދޫ ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނާ ގޮތުގައި ޒަހަމްވި މީހުންގެ ތެރެއިން އެކެއްގެ ފައި ބިނދިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. މެރިން ޕޮލިސް ދަނީ މި ހާދިސާއާ ގުޅިގެން ސީނުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް